މާދަން ބާއްވަން އޮތް މަޖިލިސް ޖަލްސާ އަންނަ ހަފްތާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މާދަމާ ބާއްވަން އުޅުނު ޖަލްސާ އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ. ފަސްކުރި ސަބަބެއް ބުނެފައެއް ނުވެއެވެ. މަޖިލީހުން ބުނެފައިވަނީ މާދަމާ ބާއްވަން އޮތް، މި އަހަރުގެ ދެވަނަ ދައުރުގެ...

03 Aug 2020 | 17:35

ރައްޔިތުންގެ މަޖިލީހުން މާދަމާ ބާއްވަން އުޅުނު ޖަލްސާ އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

ފަސްކުރި ސަބަބެއް ބުނެފައެއް ނުވެއެވެ. މަޖިލީހުން ބުނެފައިވަނީ މާދަމާ ބާއްވަން އޮތް، މި އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ އަންނަ ހަފްތާއަށް ފަސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާކަމަށެވެ.

"ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. އަދި މަޖިލީހުގެ އިދާރާވެސް ހުންނާނީ ހުޅުވިފައެވެ." މަޖިލީހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނިކުންނާނީ ކޮމިޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި އެހެން މުވައްޒަފުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމުގައިވެސް މަޖިލީހުން ބުނެފައިވެއެވެ.

މަޖިލިސް ޖަލްސާ ހަފްތާއަކަށް ފަސްކޮށްފައިވާއިރު، ސަރުކާރު ހުޅުވުންވެސް އަންނަ ހަފްތާއަށް ވަނީ ފަސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް