ކޯވިޑް-19 އަށް މިއަދު 129 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވިގޮތުގައި މިއަދު ޕޮޒިޓިވްވި129 މީހުންގެ ތެރޭގައި ހިމެނެނީ93 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ23 މީހަކާއި އިންޑިއާއަށް ނިސްބަތްވާ އަށް މީހަކާއި ސްރީ ލަންކާއަށް ނިސްބަތްވާ ހަތަރު މީހެއްގެ އިތުރުން އިންޑޮނޭޝިޔާއަށް ނިސްބަތްވާ މީހެކެވެ.
މިއަދު 129 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ މުޖްލަ އަދަދު މިވަނީ 4293 އަށް އަރާފައެވެ.
https://twitter.com/HPA_MV/status/1290345598428647425
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް