ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނު ކޮށް ފުލުހުންނާއި ކުރިމަތިލި މައްސަލައިގަ ހައްޔަރު ކުރި ބިދޭސީންތައް ދޫކޮށްލައިފި އެވެ.
އެމީހުން ހައްޔަރު ކުރީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ މައްސަލައިގަ 19 ބިދޭސީއަކު ހައްޔަރު ކުރި އެވެ.
އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކުރި އެވެ. ފުލުހުން މިއަދު ބުނީ އެމީހުން ރޭގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެރަށުގައި 200 އެއްހާ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.
އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި ހެވީ މެޝިނަރީތަކަށާއި ވޯޓާ ޕައިޕްލައިން ތަކަށާއި އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް