އިދިކޮޅު ސިޔާސީ ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އާއި ޕީއެންސީގެ މުޒާހަރާތައް މި ޢީދު ބަންދުގެ ފަސް ދުވަހަށްފަހު އަލުން ފަށަން ނިންމައިފިއެވެ.
އެގޮތުން މި ދެ ޕާޓީ ހިމެނޭ ކޯލީޝަންގެ ތަރުޖަމާނު، ހީނާ ވަލީދު، ޕީޕީއެމްގެ ވައިބަރ ކޮމިއުނިޓީ ގްރޫޕްގައި ބުނެފައިވަނީ "މިނިވަން އިހްތިޖާޖް" ނަމުގައި ކުރިއަށްގެންދާ ރައްޔިތުންގެ ސުލްހަވެރި އިހްތިޖާޖް، ޢީދު ބަންދުގެ ފަސް ދުވަހަށްފަހު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.
މި ޢީދު ބަންދުގެ ފަސް ދުވަސް ހަމަވާނީ މާދަމައަށެވެ.
ޢީދު ބަންދުގެ ކުރިން އެ ކޯލީޝަނުން ވަނީ މާލޭގައި އިހްތިޖާޖް ކޮށްފައެވެ. އެ އިހްތިޖާޖުގައި، އިހްތިޖާޖުގެ ތެރެއިން ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް އިދިކޮޅު ކޯލީޝަނުން އެކަން ދޮގުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް