ބައިނަލްއަޤްވާމީ ބޯޓުތަކަށް ޙިދުމަތްދެވޭ ފެންވަރަށް އެމްޓީސީސީގެ ޝިޕްޔާޑް ތަރައްގީކުރަނީ

އެމްޓީސީސީގެ ޝިޕްޔާޑަކީ ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ޙިދުމަތްދެވޭ ފެންވަރުގެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ...

03 Aug 2020 | 07:57

އެމްޓީސީސީގެ ޝިޕްޔާޑަކީ ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ޙިދުމަތްދެވޭ ފެންވަރުގެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފަހަގަކޮށްލެވޭ ޤައުމަކަށް ހެދުމަށް ކުންފުނިތަކުގެ މެންޑޭޓްގެ ތެރެއިންވެސް ގިނަ ކަންތައްތަކެއް ކުރެވިދާނެކަމަށެވެ.

އެމްޓީސީސީން މަސައްކަތްކުރަމުންދަނީ އެމްޓީސީސީގެ ޝިޕްޔާޑް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

ޝިޕް ޔާޑުގައި މިވަގުތުވެސް ވަރަށް ބޮޑެތި ބޯޓުތަކުގެ މަސައްކަތްތައް ކުރިއަށްދާކަނ ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ޝިޕްޔާޑް ތަރައްޤީވެގެން ދިއުމުން ދިވެހި ބޯޓުތައް ރާއްޖެއިން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖެއިން ބޯޓުތަކަށް ޙިދުމަތް ލިބިގެންދާނެކަމަށެވެ. އަދި ހަމަ މިއާއިއެކު ޝިޕްޔާޑް ތަރައްޤީވެގެން ދިއުމުން ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްވެސް އެހީތެރިވެދޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ އެމްޓީސީސީގެ ޝީޕްޔާޑުގެ މުވައްޒަފުން ލޮކްޑައުންގައި ތިބެ ކޯވިޑް-19ގެ ހާލަތުގައި މުހިއްމު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މިހާލަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި އާޒިމް ސިފަކުރެއްވީީ އެންމެ ގިނައިން މުދާ ގެންނަ ބައެއް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން މުދާ ގެނައުމަށް ދިމާވި ދަތިތަކެވެ. އަދި އެކަމުގެ ސަބަބުން އެކި މަޝްރޫޢުތަކަށް ބޭނުންވާ އިމާރާތްކުރުމުގެ ސާމާނާއި، މެޝިނަރީޒްގެ ސްޕެއަރ ބައިތައް ރާއްޖެއަށް ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވިކަމަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ތަކެތި ފޮނުވުމަށްވެސް ދަތިތަކެއް ދިމާވިކަން އާޒިމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް