ފުރަބަންދަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ވިދާޅުވެފައިވަނީ ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކު އަޅުއްވަން ވާނެ ކަމަށެވެ.
"އެޗްޕީއޭ ގެ އެންގުންތަކަށް އަމަލުކުރައްވާ، ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު، އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅޫ ކަމެއް ނޫން" ރައީސް ވިދާޅުވެފައިވެއެވެ.
https://twitter.com/ibusolih/status/1290180605229936640
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް