ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އޭސް އޭވިއޭޝަންގެ ޓިކެޓިން އޮފީސް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، އެ ކުންފުނީގެ ޓިކެޓިން އޮފީސް ބަންދުކުރީ ކޮވިޑް-19 ހަލުވިކާއެކު ފެތުރެމުން ދިއުމާއެކު މުވައްޒަފުންނާއި ކަސްޓަމަރުން ރައްކާތެރިކޮށް ސަރުކާރުން މި ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދިއެ ކުންފުނީން ދޭ ޓިކެޓު ވިއްކުމުގެ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި، ޚިދްމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
"އޮންލައިންކޮށް ޓިކެޓު ބުކްކޮށް ގަނެވޭނެ. ފައިސާ ދެއްކުން ވެސް އިންޓަނެޓް ބޭންކިން އާއި އޭޓީއެމް އަށް ގޮސް ފައިސާ ޖަމާކޮށްގެން ވެސް ދެއްކޭ ގޮތަށް ހަމަޖައްސާފައިވާނެ،" ފިރާގު ވިދާޅުވިއެވެ.
ލޮކްޑައުންް އަށް ދިން ލުއިތަކާއެކު އިއްޔެ ވަނީ 215 މީހުން ވަނީ ޕޮޒިޓިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 149 ދިވެހިންނާއި ބަންގަލާދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހުނާއި އަވަށްޓެރި ސްރީ ލަންކާގެ ދެ މީހަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑޮނޭޝިއާގެ ރައްޔިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް