ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ލިސްޓް މިމަހު އާއްމުނުުކުރެވުނީ ކޮމެޓީގެ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވެ މެމްބަރުން ކަރަންޓީނަށް ދާންޖެހުމުންކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ހާމަކޮށްފިއެވެ.
ފްލެޓް ކޮމެޓީން ބުނީ، ކޮމެޓީގެ މުވައްޒަފަކު ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ ޖުލައި 28 ގައި ކަމަށެވެ. އަދި 2 އޮގަސްޓްގައި މި ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގާފައި ކަމަށެވެ.
ކޮމެޓީން ބުނީ މަސައްކަތް ހުއްޓާލަން ޖެހިފައިމިވަނީ މިދިޔަ މަހުގެ ފަހުކޮޅު ނުވަތަ މިމަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށްކަމެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެކަންކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.
ކޮމެޓީން މަސައްކަތް ގޮސްފައިވާ ހިސާބު
- H4 (ޑޮކްޓަރުންނާއި ނަރުހުން) ލިބޭ ފްލެޓްތަކަށް ކުރިމަތިލާފައިވާ 284 ފަރާތުގެ ތެރެއިން އެންމެ މީހަކު ފިޔަވާ ހުރިހާ އެންމެންގެ ފޯމުތައް ބަލާ ޗެކްކޮށް ވަނީ ނިމިފައެވެ. އެމިހާގެ ދިރިއުޅުމުގެ ހާލަތު ބެލިފައިނުވަނީ މާލޭގައި ނޫޅޭތީކަމަށްވެސް ފްލެޓް ކޮމެޓީން ބުނެއެވެ.
-H5 (ޓީޗަރުން) ފްލެޓް ލިބޭ މި ކެޓަގަރީން 720 ފަރާތަކަށް ފްލެޓް ލިބޭއިރު އެންމެ މީހެއް ފިޔަވާ މި ކެޓަގަރީގެވެސް އެންމެންގެ ފޯމުތައް ބަލާ ޗެކްކޮށް ވަނީ ނިމިފައެވެ. މި މިހާގެވެސް ދިރިއުޅުމުގެ ހާލަތު ބެލިފައި ނުވަނީ މާލޭގައި ނުޅޭތީކަމަށް ކޮމެޓީން ބުނެއެވެ.
- H8 (މާލޭ ރަށްވެހިން) ޕްލެޓް ދޫކުރާ މި ކެޓަގަރީން 4261 މީހުންނަށް ފްލެޓް ލިބޭއިރު 23 މީހަކު ނޫން އެންމެންގެފޯމުތައް ބަލާ ޗެކްކޮށް ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ.
މި ކެޓަގަރީތަކުގެ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާކަމަށްވެސް ކޮމެޓީން ވިދާޅުވެއެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް