ކޯވިޑް-19: އުސޫލުތަކާ ހިލާފުވި އިތުރު 22 ތަނެއް ވަގުތީގޮތުން ބަންދުކޮށްފި

ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު ހިދުމަތްދިނުމުގައި އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފުވެ އިތުރު 22 ތަނެއް މިއަދުވެސް ވަގުތީ ގޮތުން ބަންދުކ...

02 Aug 2020 | 19:31

ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު ހިދުމަތްދިނުމުގައި އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފުވެ އިތުރު 22 ތަނެއް މިއަދުވެސް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި އެ 22 ތަން ވަގުތީގޮތުން ބަންދުކޮށްފައިވަނީ މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަނަށްފަހުގައެވެ.

އެ 22 ތަނުގެ ތެރޭގައި ހިމެނެނީ ބޯކޮށާ ހަތަރު ތަނަކާއި ނުވަ ފިހާރައަކާއި ކެފޭ/ރެސްޓޯރެންޓް ހިމެނޭހެން ހަތް ތަނަކާއި މާރުކޭޓެއްގެ އިތުރުން ސްޕާ އެކެވެ.

https://twitter.com/HPA_MV/status/1289982677739683841

މިއަދު 135 ތަނެއް އިންސްޕެކްޓް ކުރެވުނު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް