މާލެ ދަތުރުކުރާ، ހއ. އިހަވަންދުއަށް ނިސްބަތްވާ އިތުރު ބޯޓެއްގެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހއ. އިހަވަންދ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ކޯވިޑަށް ޓެސްޓް ކުރި މީހެއްގެ ނަތީޖާ މިރޭ ލިބިފައިވާކަމަށާއި އެއީ ތަހުތު ބޯޓަށް ނިސްބަތްވާ މީހެއް ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓު އެ ރަށަށް ދިޔައީ އިތުރު ހަތަރު ރަށެއްގައި ޖައްސާފައެވެ. އެއީ ހދ. ގެ ތިން ރަށަކާއި ހއ. އަތޮޅުގެ އިތުރު ރަށެކެވެ.
މިރޭ މި މީހާ ޕޮޒިޓިވްކަން އެނގިފައިވާއިރު އިއްޔެވެސް އެ އަތޮޅު ބޯޓެއްގެ ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް