ކޯވިޑް-19 އަށް އިތުރު10 މީހަކު ރާއްޖެއިން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި ދިވެހިންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ހަތަރު ދިވެހިންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ދެ މީހަކާއި، އިންޑިއާ ތިން މީހެއްގެ އިތުރުން އިންޑޮނީޝީއާ މީހެއް ކަމަށެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ ހަތް މީހުންނެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ ޕޮސިޓިވިވްވި މީހުންގެ ތެރެއިން 419 މީހަކަށެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވާގޮތުގައި ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވަމުންދާ އަދަދަކީ ކޮންޓްރޯލް އަދަދެ ކެވެ. ރާއްޖެއިން އާންމުކޮށް ޕޮސިޓިވްވަނީ އުމުރުން 18 އަހަރާއި 41 އަހަރާއި ދެމެދުގެ މީހުންނެވެ.
މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 53،867 ސާމްޕަލެވެ. އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ފަސް ޕަސެންޓު މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،410 މީހުންނެވެ. އޭގެ ތެރެއިން މި ބަލީގައި މަރުވެފައިވަނީ 10މީހެކެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދ ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ. ދެން ހިމެނެނީ ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް