ކޯވިޑް-19 އާއި ގުޅިގެން އިމިގްރޭޝަންގެ އޮފީސް ބައި ބަނަދުކޮށްފައި އޮތް މުއްދަތުގައި ވިސާގެ ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި އެވެ.
މިދިޔަ ދުވަސްތަކުގައި ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ ޖޫރިމަނާ އާއި ނުލައި ވިސާ ފީ ދެއްކޭނެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ވޯކް ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ޖޫރިމަނާ ފީ ދައްކަން ނުޖެހޭ މުއްދަތު ިމަހުގެ15 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަދި އެހެނިހެން ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ޖޫރިމަނާ ފީ ދައްކަން ޖެހޭ މުއްދަތު31 އޯގަސްޓުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ވިސާ އާ ނުކޮށް ފުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗު 19 ގެ ފަހުން ވިސާގެ މުއްދަތު ހަމަވި މީހުންނަށް އެކަންޏެވެ. ނަމަވެސް ވޯކް ވިސާގައި އައި މީހުންނަށް އަނބުރާ ފުރޭނީ ވިސާ އާ ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް