މިރޭ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވި އިންޑޮނީޝީއާ މީހާ އަކީ ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ކޯވިޑަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދިޔަ39 އަހަރުގެ އިންޑޮނީޝިއާ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެއީ މި ބަލީގައި ރާއްޖެއިން މަރުވި11 ވަނަ މީހާ ކަމަށެވެ.
ފަހުން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމީހާ މަރުވެފައިވަނީ ކޯވިޑް-19 ޖެހިގެން ނޫންކަމަށް ނިންމާފައިވާ ކަމަށެވެ. އެމީހާ އަކީ ކެންސަރު ބަލީގެ ހަތަރު ވަނަ ސްޓޭޖުގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެޗްޕީީއޭއިން ބުނެ އެވެ.
https://twitter.com/HPA_MV/status/1278765596188893185
މިހާރު ރާއްޖޭގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 416 މީހުންނަށެވެ. މިހާތަނަށް ބަލިޖެހިފައިވަނީ 2،400 މީހުންނަށެވެ.
އޭގެ ތެރެއިން 1،969 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މަރުވެފައިވަނީ 10 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ފަސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް