އެސިސްޓެންޓް ޕީޖީގެ މަގާމަށް ހަތަރު ވަނަ ބޭފުޅަކު އައްޔަން ކޮށްފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަބްދުﷲ ރާބިއު ހަމަޖައްސައިފި އެވެ. ރާބިއުއަކީ އެ މަގާމަށް އައްޔަން ކުރެވުނު ހަތަރުވަނަ ބޭފުޅާ އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ މިހާތަނަށް ރާބިއު ހުންނެވީ ...

03 Jun 2020 | 10:42

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަބްދުﷲ ރާބިއު ހަމަޖައްސައިފި އެވެ.

ރާބިއުއަކީ އެ މަގާމަށް އައްޔަން ކުރެވުނު ހަތަރުވަނަ ބޭފުޅާ އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ މިހާތަނަށް ރާބިއު ހުންނެވީ އެ އޮފީހުގައި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގައި ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ރާބިއު އަކީ މިވަގުތު އެ އޮފީހުގައި ހުންނެވި އެންމެ ގިނަދުވަސްވީ ތަޖުރިބާކާރު އެއް ވަކީލު ކަމަށެވެ. އޭނާ ކިޔަވާ ވިދާޅުވުމަށް ފަހު ޕީޖީ އޮފީހާއި ގުޅިވަޑައިގެންނެވީ2009 ވަނަ އަހަރުގެ ފެބްރުއަރީ18 ވަނަ ދުވަހު އެވެ.

ރާބިއު އަކީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ތެރެއިން މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ވަކީލެވެ. ރަބީއު ވަނީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ، ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައި އެވެ.

ރާބިއުގެ އިތުރުން އެސިސްޓެންޓް ޕީޖީންގެ ގޮތުގައި މިހާރު ތިއްބެވީ ހުސެއިން ނާޝިދް، ޖިހާދާ އަނީސް އަދި ޝަމްރާ ޝަމީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް