އައްޑޫ ސިޓީގެ ރަށްތަކުގައި ރޭގަނޑު ފިހާރަތައް ހުޅުވުން އަނެއްކާވެސް މަނާކޮށްފި އެވެ.
ކޯވިޑާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގ ގޮތުން މީގެ ކުރިންވެސް ވަނީ ރޭގަނޑު ފިހާރަތައް ހުޅުވައި ގެންނާއި ޑެލިވަރީ ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން އެ ސިޓީގެ ރަށްތަކުގެ ފިހާރަތަކުން ހިދުމަތްދެވޭނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ. އެ ކައުންސިލުން ބުނީ މި ނޫން ވަގުތުތަކުގައި ފިހާރަ ހުޅުވައިގެންނާއި ޑެލިވަރީގެ ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށެވެ.
އެކަމަކު ކުރިންވެސް24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ފިހާރަތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހިދުމަތް ދެވެ އެވެ.
މީގެއިތުރުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ހިދުމަތް ހޯދޭނީ ހެނދުނު 6:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި އެ ނޫން ގަޑިތަކުގައި އެ ތަންތަން ހުޅުވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ. އެތަންތަނުން ޑެލިވަރީގެ ހިދުމަތް ވެސް ދެވޭނީ އެގަޑިތަކުގައި އެވެ.
އައްޑޫ ސިޓީގައި ކޯވިޑާއި ގުޅިގެން ދޭތެރެ ދޭތެރެއިން ފިޔަވަޅުތައް އަޅަމުން އަންނަ އިރު މިހާތަނަށް އެ ސިޓީގެ އެއްވެސް ރަށަކުން މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް