ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކޮންމެ ހާލެއްގައި ނަމަވެސް އެހީވެދޭން ޖެހޭ: ޝާހިދު

ޔަމަނުގައި ހާލަތުގައި ޖެހިފައިވާ މީހުންނަށް ކޮންމެ ފަދަ ހާލަތެއްގައި ނަމަވެސް ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވ...

03 Jun 2020 | 07:35

ޔަމަނުގައި ހާލަތުގައި ޖެހިފައިވާ މީހުންނަށް ކޮންމެ ފަދަ ހާލަތެއްގައި ނަމަވެސް ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔަމަނަށް ދިމާވެފައިވާ ހިއުމަނިޓޭރިއަން ކްރައިސިސްއާ ގުޅޭގޮތުން ބޭއްވި ބައިނަލްއަގްވާމީ މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ޔަމަން ހިމެނޭ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި އުޅޭ 24 މިލިއަން މީހުން ދަނީ ބަނޑުހައިހޫނުުކަން ތަހައްމަލު ކުރަން ޖެހި ގިނަ ބަޔެއްގެ ގެދޮރު ގެއްލިފައިވާކަމަށެވެ.

މި ދަނޑިވަޅުގައި ހާއްސަކޮށް ކޯވިޑް-19 ގެ މި ހާލަތުގައި ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޔަމަނަށް ޖެހިފައިވާ ހާލަތުން އަރައިގަތުމަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ގުޅިފައިވާ ކަމެއް ކަމަށް ކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން، އދ. ހިއުމަނިޓޭރިއަން އެފައާޒްއާ ބެހޭ އަންޑަ ސެކަޓަރީ ޖެނަރަލް އަދި އިމަޖަންސީ ރިލީފް ކޯޑިނޭޓަރު މާކް ލޯކޮކްގެ އިތުރުން ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުން އިންތިޒާމް ކުރީ ސައުދީ އަރަބިއްޔާއިންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ގައުމުތަކަކުން ވަނީ ޔަމަނަށް ދިމާވެފައިވާ ހާލަތު ބަދަލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް