ވަކި ދުވަހަކަށް ޓީޗަރުން ސްކޫލްތަކަށް ރިޕޯޓު ކުރަން ފަށަން ޖެހޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިމަހުގެ14 ވަނަ ދުވަހު ޓީޗަރުން ސްކޫލްތަކަށް ރިޕޯޓު ކުރުމަށް އެޑިއުކޭޝަނުން އެންގި ކަމަށް ބުނެ ލިޔުމެއް ދައުރުވެފައިވާ ކަމަށްވެ އެވެ.
އެ މިނިސްޓްރީ އާއި ހަވާލާދީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެފަދަ އެއްވެސް ލިޔުމެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފައި ނުވާނެކަމަށެވެ. އަދި އެ ދުވަހު ޓީޗަރުން ސްކޫލްތަކަށް ނުކުންނަން ނުޖެހޭނެ ކަމަށް ބުނެ އެވެ.
އެ ލިޔުން ދައުރުވި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ބަލަމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮންނަތާ މިހާރު ތިން މަސް ވަނީ އެވެ.
މި މުއްދަތުގައި ކުރީގައި ސްކޫލްތަކަށް ޓީޗަރުން ނެރުނު ނަމަވެސް މިހާރު ނުނެރެވެ އެވެ. އަދި އެޑިއުކޭޝަނުން ކުރިޔަށް ގެންދާ ޓެލިކްލާސްތައްވެސް ކުރިޔަށް ގެންދަނީ އެކި ސްކޫލްތަކަށް ހަވާލުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް