ސްކޫލްތަކަށް 12،000 އަށްވުރެ އަތްދޮންނަ ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފި

ރާއްޖޭގެ ސްކޫލްތަކަށް 12،500 އަތް ދޮންނަ ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފި އެވެ. އެޑީއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސައިބޯނި ފުޅިތައް ހޯދަނީ ޔުނިސެފާއި ގުޅިގެން އެ މިނި...

03 Jun 2020 | 05:53

ރާއްޖޭގެ ސްކޫލްތަކަށް 12،500 އަތް ދޮންނަ ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފި އެވެ.

އެޑީއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސައިބޯނި ފުޅިތައް ހޯދަނީ ޔުނިސެފާއި ގުޅިގެން އެ މިނިސްޓްރީން ކުރިޔަށް ގެންދާ "ސްކޫލް ވޮޝް" ޕްރޮގްރާމަށް ކަމަށެވެ. އިއުލާނުގައި ވާގޮތުން މި ފުޅިތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކްލާސްރޫމްތަކުގައި އެވެ.

ހޯދަން އިއުލާނުކޮށްފައިވަނީ 500 އެމްއެލްގެ ސައިބޯނި ފުޅި އެވެ.

މި ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ތިނަކުން ހަވަނަ ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

ބީލަން ހުށަހެޅެނީ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅަންޖެހެނީ 9997721 ނުވަތަ 9715353 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުމުން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށުމަށް ޔުނިސެފްގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި އެވެ. އެ މިނިސްޓްރީން ބުނީ ޔުނިސެފާއި އެކު މަޝްވަރާ ކުރެވެމުންދަނީ ރައްކާތެރި މާހައުލެއްގައި ކުދިންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް