ލަކްސްގްލޯ އެޕް ޕްރޮމޯޝަން އިން 10 ހާސް ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔާ ހޮވައިފި

ދިވެހިރާއްޖޭގެ ފުރަތަމަ ޑެޑިކޭޓެޑް ބިއުޓީ އެޕް، "ލަކްސްގްލޯ" ލޯންޗުކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ 10،000 ރުފިޔާގެ ފައިސާގެ އިނާމުގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ. ލަކްސްގްލޯއިން އި...

03 May 2026 | 07:03
ލަކްސް ގްލޯގެ ޕްރޮމޯޝަނުގައި ފައިސާގެ އިނާމު ލިބުނު ފަރާތާ ޗެކު ހަވާލު ކުރުން -

ލަކްސް ގްލޯގެ ޕްރޮމޯޝަނުގައި ފައިސާގެ އިނާމު ލިބުނު ފަރާތާ ޗެކު ހަވާލު ކުރުން -

ދިވެހިރާއްޖޭގެ ފުރަތަމަ ޑެޑިކޭޓެޑް ބިއުޓީ އެޕް، "ލަކްސްގްލޯ" ލޯންޗުކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ 10،000 ރުފިޔާގެ ފައިސާގެ އިނާމުގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ލަކްސްގްލޯއިން އިއުލާންކުރި ގޮތުގައި، ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ފާޠިމަތު އީނާސްއެވެ. އޭނާ ހޮވާފައިވަނީ ޕްރޮމޯޝަންގައި ބައިވެރިވި 37 ފަރާތުގެ މެދުގައި ނެގި ރެންޑަމް ޑްރޯއަކުންނެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ، ލަކްސްގްލޯގެ އެޕް ޑައުންލޯޑުކޮށް، އެޕުން ވިޔަފާރިކުރުމަށްފަހު، ކުންފުނީގެ އިންސްޓަގްރާމް ޕޭޖުގައި ޝެއާކުރި ޕްރޮމޯޝަން ޕޯސްޓަށް ކޮމެންޓުކޮށް، ލައިކްކޮށް، ސްޓޯރީއަށް ޝެއާކުރި ފަރާތްތަކަށެވެ. ޕްރޮމޯޝަން ނިމުނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

## ކޮންޓެންޓް ކްރިއޭޓަރުންނަށް 5،000 ރުފިޔާގެ ފުރުސަތެއް

ލޯންޗު ޕްރޮމޯޝަން ނިމުމާ އެކު، ލަކްސްގްލޯއިން މިހާރު ވަނީ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން، އެންމެ ކްރިއޭޓިވް ތިން ވީޑިއޯ ހުށަހަޅާ ތިން ފަރާތަކަށް، ކޮންމެ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭ ކަމަކީ، ލަކްސްގްލޯއިން ވިޔަފާރިކުރާ ތަޖުރިބާ ދައްކުވައިދޭ ވީޑިއޯއެއް (ޕްރޮޑަކްޓު ބްރައުޒްކުރުމުން ފެށިގެން އަންބޮކްސިން އާ ހަމައަށް) ތައްޔާރުކޮށް، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށް، @luxeglowmv ޓެގުކުރުމެވެ. ޕްރޮމޯޝަންގެ ޑެޑްލައިން އަކީ ޖޫން 15 އެވެ.

ލަކްސް ގްލޯ އެޕް - 

ކޮންމެ މަހަކު ތިން ފަރާތަކަށް 500 ރުފިޔާގެ ފުރުސަތެއް

ލަކްސްގްލޯއިން އިތުރަށް ބުނީ، އެޕް ނުވަތަ ވެބްސައިޓު މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ތިން ނަސީބުވެރިއަކު ހޮވައި، ކޮންމެ ފަރާތަކަށް 500 ރުފިޔާ ދޭ ޕްރޮމޯޝަނެއް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މި ޕްރޮމޯޝަން ކޮންމެ މަހަކު ވެސް ކުރިއަށް ގެންދާނެއެވެ.

ލަކްސްގްލޯ އަކީ ކޮބާ؟

ލަކްސްގްލޯ އަކީ 2024 ވަނަ އަހަރު ފެށި ދިވެހި ބިއުޓީ ބްރޭންޑެކެވެ. އެ ކުންފުނީގެ އަމާޒަކީ ދިވެހިރާއްޖޭގެ އެންމެ ކުރިއަރާފައިވާ ބިއުޓީ ބްރޭންޑަށް ވުމެވެ. މިހާރު ކުންފުނިން ދަނީ ކޮސްމެޓިކްސްއާއި ސްކިންކެއާ ޕްރޮޑަކްޓުތައް ހޯލްސޭލް އަދި ރީޓެއިލް އުސޫލުން ވިއްކަމުންނެވެ. ކުރިއަށް އޮތްތަނުގައި، ސެލޫނަކާއި ފިހާރައެއް ވެސް ހުޅުވުމަށް ކުންފުނިން ވަނީ ރާވައިފައެވެ.

ލަކްސްގްލޯގެ އެޕް މިހާރު ވަނީ އައިއޯއެސް އިން ޑައުންލޯޑުކުރެވޭ ގޮތަށް ހުޅުވާލާފައެވެ. އެންޑްރޮއިޑް ވާޝަން ވެސް ކައިރި މުސްތަޤުބަލެއްގައި ނެރޭނެ ކަމަށް ކުންފުނިން ބުނެއެވެ. ކުންފުނީގެ ވެބްސައިޓު ވެސް luxeglow.mv މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް