އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގެ ރިޕޯޓު ކޮށްފައިވަނީ މިރޭ 9:16 ގައި ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ހޮސްޕިޓަލުން މީޑިއާގައި ބުނީ އެމީހާގެ ގައިގެ ފަސްތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެކަމަކު ތޫނު އެއްޗަކުން ހަރާފައި ހުރީ އެހާ ފުންކޮށް ނޫން ކަމަށްވެ އެވެ.
މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް