ކޯވިޑް ޖެހުނު އަދަދު ކުއްލިއަކަށް ދަށަށް، މާލެއިން 58، އަތޮޅުތެރެއިން 24

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ކުއްލިއަކަށް މިއަދު ދަށަށް ހިންގައްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ކޯވިޑަށް ރާއްޖެއިން ޕޮސިޓިވްވީ 103 މީހުން ކަމަށެވެ. އެއީ އަތޮޅު ތެރެއިން 24 މީހުން، މާލެއ...

03 Apr 2021 | 17:08

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ކުއްލިއަކަށް މިއަދު ދަށަށް ހިންގައްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޯވިޑަށް ރާއްޖެއިން ޕޮސިޓިވްވީ 103 މީހުން ކަމަށެވެ. އެއީ އަތޮޅު ތެރެއިން 24 މީހުން، މާލެއިން 58 މީހުން އަދި ރިސޯޓުތަކުން 21 މީހުން ކަމަށެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،570 ސާމްޕަލެވެ.

މިވަގުތު ކޯވިޑް ޖެހިގެން ފަރުކާ ދެމުންދަނީީ 3،063 މީހުންނެވެ. އޭގެ ތެރެއިން 94 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 21،512 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. ކޯވިޑް ޖެހިގެން މަރުވެފައިވަނީ 67 މީހުންނެވެ.

މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 24،651 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް