ހޮންކޮންގްގެ ސިޔާސީ ބައިވެރިވުން ކުޑަކުރުމަށް ޗައިނާ ކުރާ މަސައްކަތައް އެމެރިކާ ދެކޮޅު

ހޮންކޮންގްގެ ސިޔާސީ ބައިވެރިވުން ކުޑަކުރުމަށް ޗައިނާއިން ކުރާ މަސައްކަތައް އެމެރިކާއިން ދެކޮޅު ހަދައިފި އެވެ. މިދިޔަ ހަފްތާގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ ދާއިރާތަކުގެ ގާނޫނު ހަދާ މަޖިލީހުގ...

03 Apr 2021 | 16:47

ހޮންކޮންގްގެ ސިޔާސީ ބައިވެރިވުން ކުޑަކުރުމަށް ޗައިނާއިން ކުރާ މަސައްކަތައް އެމެރިކާއިން ދެކޮޅު ހަދައިފި އެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ ދާއިރާތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ދެވަނަ ފަހަރަށް ލަސްވުމުން ކަންބޮޑުވާކަމަށެވެ. ހޮންކޮންގްގައި ހިނގަމުންދާ ކަންކަމުގައި ސިޔާސީ ގޮތުން ބައިވެރިވުމާއި، ތަމްސީލް ކޮށްދިނުމުގެ ފުރުސަތު އިތުރަށް ހަނިކުރުމަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތައް އެ ގައުމުން ދެކޮޅު ހަދާ ކަމަށެވެ.

ހޮންކޮންގްގެ ވޯޓިން ސިސްޓަމްއަށް ގެންނަން ނިންމާފައިވާ ބަދަލުތަކާބެހޭގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، އެ ބަދަލުތަކާއެކު ރައްޔިތުންނަށް ކަންކަމުގައި މިހާރު ލިބިފައިވާ މިނިވަންކަމަށް ހުރަސް އެޅި ކަން ކަމުގައި ރައްޔިތުންނަށް އޮންނަ ބަސްބުނުމުގެ މިނިވަންކަމަށްވެސް ހުރަސްއެޅިގެންދާނެކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލަމް ވިދާޅުވީ، މިހާރު ގެންނަން ނިންމާފައިވާ ބަދަލުތައް މި މަހުގައި ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅާނެކަމަށެވެ. އަދި އަންނަ މޭ މަސް ނިމެންވާ އިރަށް ހުށައެޅި ބަދަލުތަކާއެކު ޤާނޫނު ފާސްވެގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.

ހޮންކޮންގެ ވޯޓުލުމުގެ ނިޒާމަށް ގެންނަށް ނިންމާފައިވާ އެ ބަދަލުތަކާއި ކަންކަމަކީ މިދިޔަ އަހަރުގެ ޖޫންގައި ތަންފީޒުކުރަން ފެށުނު ނޭޝަނަލް ސެކިއުރިޓީ ގާނޫނާއެކު ހޮންކޮންގްގެ އަމިއްލަ މިނިވަންކަމަށް އަތްގަދަ ކުރުމަށް ބެއިޖިންއިން ކުރަމުންއަންނަ މަސައްކަތެއްކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިކަމާބެހޭގޮތުން އިނގިރޭސިވިލާތުން ބުނަނީ ގެންނަ ބަދަލުތަކާއެކު 1984 ވަނަ އަހަރު އިނގިރޭސި ދައުލަތާއި އެކު ޗައިނާއިން ވެފައިވާ އެއް ގައުމެއްގައި ދެ ސިޔާސަތު އޮންނަ އެއްބަސްވުމަށް ފުށޫއަރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް