ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ބަދަލުތަކެއް

މި މަހުގެ 10 ވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ބަހައްޓާ 4...

03 Apr 2021 | 12:29

މި މަހުގެ 10 ވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ބަހައްޓާ 45 ވޯޓު ފޮއްޓެއް ބަހައްޓާ ތަން ބަދަލުވެއްޖެއެވެ.

މިއަދު އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މާލެ ސިޓީގައި ބަހައްޓާ 45 ވޯޓު ފޮއްޓެއް ބަހައްޓާ ތަން ބަދަލުވެފައިވާ ކަމަށެވެ.

އެގޮތުން އެ ވޯޓު ފޮށިތަކާއި އެ ފޮށިތައް ބަހައްޓުމަށް މިހާރު ހަމަޖެހިފައިވާ ތަނުގެ ތަފްސީލު އީސީން ވަނީ އާންމުކޮށްފައެވެ.

ވޯޓްފޮށި ބަހައްޓާ ތަން ބަދަލުވެފައިވާ ފޮށިތަކުގެ ތެރޭގައި ހިމެނެނީ، ހުޅުމާލޭގެ 5 ވޯޓު ފޮއްޓަކާއި، މާލޭގައި ބަހައްޓާ ހއ އަތޮޅުގެ 11 ވޯޓު ފޮއްޓަކާއި، މާލޭގައި ބަހައްޓާ އއ އަތޮޅުގެ 2 ވޯޓު ފޮއްޓެކެވެ.

މީގެ އިތުރުން، މާލޭގައި ބަހައްޓާ އދ އަތޮޅުގެ 2 ވޯޓު ފޮއްޓަކާއި، މާލޭގައި ވަހައްޓާ ލ އަތޮޅުގެ 6 ވޯޓު ފޮއްޓަކާއި، މާލޭގައި ބަހައްޓާ ގދ އަތޮޅުގެ 10 ވޯޓު ފޮއްޓަކާއި، މާލޭގައި ބަހައްޓާ ފުވައްމުލަކު ސިޓީގެ 6 ވޯޓު ފޮއްޓަކާއި، ހުޅުމާލެ އެހެނިހެން ވޯޓްފޮށިތަކުގެ 3 ވޯޓުފޮއްޓެއް ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް