ފެނަކައިގެ ފެން މީޓަރުން ނަގަމުން އައި ފީ ދެން ނުނަގާނެ

ފެނަކައިގެ ފެން މީޓަރުތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ފީ ނުނަގާ ގޮތަށް ފެނަކައިން ހަމަޖައްސައިފިއެވެ. މިކަން ހަމަކޮށްފައި ވަނީ އައްޑޫ ސިޓީ ތިން އަވަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިނ...

03 Apr 2021 | 12:24

ފެނަކައިގެ ފެން މީޓަރުތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ފީ ނުނަގާ ގޮތަށް ފެނަކައިން ހަމަޖައްސައިފިއެވެ.

މިކަން ހަމަކޮށްފައި ވަނީ އައްޑޫ ސިޓީ ތިން އަވަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާ ކައުންސިލާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ. އޭނާ ވިދާޅުވީ، ފެނަކައިން ފެނުގެ ޚިދުމަތްދޭ ހުރިހާ ރަށެއްގެ މީޓަރުން ނަގަމުން އަންނަ 30 ރުފިޔާ ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، މިކަމަކީ 2019 ވަނަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުން އަންނަ ކަމެއް ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމެއް ކަށެވެ.

ސައީދު ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ކުރަަމުން އަންނަ މަސައްކަތުގެ ތެރެއިން މި ހަފްތާ ތެރޭގައި އެ ސިޓީއަށް އިތުރު ޖެން ސެޓެއް ގެންދެވޭނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޯށްދިނުމަށް ފެނަކައިން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ އިންޖީނުގެ ބަދަލުކުރުމަށްޓަކައި ކޮންޓްރެކްޓަރަކާ ހަވާލު ކުރުމެގެ މަރުހަލާ އަންނަ ހަފްތާގައި ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް