އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަށް ދެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ވޯޓު ލުމަށް ދިއުމުގެ ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން އީސީއަށް އަންގާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށް ވޯޓުލާން ދެވޭނެ ކަމަށެވެ.
މޮނިޓަރިންގައި ހުރި ރަށްރަށަށް އެރޭނީ ރަށު ޓާސްކް ފޯސް އާއި ގުޅިގެން ހަމަ އެކަނި ވޯޓު ލާން ދިއުމަށް އެކަނިކަމަށް ޝަރީފު ވިދާޅުވި އެވެ.
އިންތިހާބަށް އެޗްޕީއޭއިން އެކުލަވާލާފއިވާ ގައިޑްލައިން ބުނާގޮތުގައި މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށް ވޯޓުލާން ނަމަވެސް ނޭރޭނެ އެވެ. މިކަންވީ އީސީން ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށެވެ.
https://twitter.com/ShareefRangondi/status/1378294092539392005
އަތޮޅު ތެރޭގައި ކޯވިޑް ފެތުރުން އިތުރުވެފައިވާއިރު މިވަގުތު މޮނިޓަރިންގެ ހާލަތުގައި 17 ރަށެއް އެބަ އޮތެވެ. ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލައި އަތޮޅު ތެރޭގައި ކޯވިޑް ފެތުރެމުން ދިއުމަކީ އިންތިހާބު ބޭއްވުމަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ.
ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ އެންމެ ބުރަ ބޮޑު އަދި އެންމެ ގިނަ ވަގުތު ވޯޓު ގުނުމާއި އިއުލާނު ކުރުމަށް ހޭދަވާ އިންތިހާބެވެ.
ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2،73،128 މީހުން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް