މަޑުއްވަރީ ރޭޕް ކޭސް: އިހުތިޖާޖުކޮށްގެން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފި

ރ. މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި، ރައްޔިތުން ނުކުމެ ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފިއެވެ. މަޑުއްވަރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޯޓ...

03 Apr 2021 | 10:30

ރ. މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި، ރައްޔިތުން ނުކުމެ ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ހައްޔަރުކުރި 10 މީހުން ދޫކޮށްލައިފިއެވެ.

މަޑުއްވަރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން 10 މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ހަަތް ދުވަސް ޖެހި އެވެ. އަނެއް މީހާގެ ބަންދަށް ތިން ދުވަސް ޖަހައިދިނެވެ.

މަޑުއްވަރީން 10 މީހުން ހައްޔަރުކުރީ ހަމަނުޖެހުން ހިންގާ، ދަޢުލަތުގެ މުދަލަށް ގެއްލުންދީފައި ވާތީ ކަމަށް ފުލުހުން ބުނެ ވެއެވެ. މީގެ އިތުރުން ފުލުހުންނަށް ހަމަލާދިން މައްސަލައެއް ވެސް ތަޙުޤީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަޑުއްވަރީގައި ރައްޔިތުންގެ ބަޔަކު ނުކުމެ އިހުތިޖާޖުކޮށްފައި ވަނީ މި ދިޔަ މަހުގެ ތިން ވަނަ ދުވަހު އެރަށުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެ، އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެއެވެ.

ފުލުުހުން ވިދާޅުވީ އުތުރުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި ވަކި މީހެއްގެ މައްޗަށް ތުޙުމަތުކުރެވޭ ހެކި މިހާތަނަށް ތަޙުޤީގަށް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް