އަނެއްކާވެސް 15 އަހަރުގެ ކުއްޖަކު ރޭޕްކުރަން އުޅުނު މައްސަލައެއް

ގއ. އަތޮޅުގެ ރަށެއްގައި އުމުރުން ފަނަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް "ދުވަސް" އަށް މައ...

03 Apr 2021 | 09:58

ގއ. އަތޮޅުގެ ރަށެއްގައި އުމުރުން ފަނަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވާ ކަމަށެވެ. މައްސަލަ ރިޕޯޓުކޮށްފައި ވަނީ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިހެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވެއެވެ. ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ދާދި ފަހުން ރ އަތޮޅުގެ ރަށެއްގައި ވެސް މި ފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެ ރަށުގައި ވެސް ޖިންސީ ގޯނާ ލިބިފައި ވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެ ރަށުގައި ގުރޫޕަކުން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ އެރަށުގައި ކުރިއަަށް ގެންދިޔަ މުޒާހަރާ އާއި ގުޅިގެން 10 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ރައްޔިތުން ނުކުމެ ރޭޕާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރަން ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި އެ ރަށު ސްކޫލުގެ ޓީޗަރަކާއި އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.

މި ހާދިސާ ހިނގި ރަށް މި ލިޔުމުގައި ހިމަނާފައި ނުވަނީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ އޭނާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް