ކުރިޔަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ސަމާލުވާން އިލްތިމާސްކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ދިވެހިރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ދެކުނާއި މެދުރާއްޖޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ން އިލްތިމާސްކޮށްފިއެވެ. މެޓ...

03 Apr 2021 | 09:52

ކުރިއަށް އޮތް 24 ގަޑިއިރު ދިވެހިރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ދެކުނާއި މެދުރާއްޖޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން އަދިއްތަ ދުވަހުގެ ހެނދުނު 10:00ށް ރާއްޖޭގެ އެކިހިސާބަަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓުން ލަފާކުރާ ގޮތުގައި، ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި އެވެ. އަދި އެެހެން ހިސާބުތަކަަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު، އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ލަފާކުރެވޭ ގޮތުން، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިނުގައި 5 ނުވަތަ 7 ފޫޓު، އެހެން ހިސާބުތަކުގައި 3 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމެއް ކަަމަށް ވެސް މޫސުން ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް