ބްލަޑް ބޭންކުން ލޭ ހުސްވަމުންދާތީ، މާސީން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާސީގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް މިއަދު ފަށައިފިއެވެ. "އަހަރެމެންގެ ލޭ – އެކުދިންގެ ފުރާނަ " މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތާ ބެހޭ ގޮތު...

03 Apr 2021 | 09:48

އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މާސީގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

"އަހަރެމެންގެ ލޭ – އެކުދިންގެ ފުރާނަ " މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތާ ބެހޭ ގޮތުން، މާސީން ބުނީ، މި ހަރަކާތަކީ، ތެލެސީމިއާ ސެންޓަރަށް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ، ލޭގެ އެހީތެރިކަން ފޯރުކޯށްދިނުމަށް ބޭއްވޭ ޚާއްސަ ހަރަކާތެއް ކަމަށެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް، މިއަދު ހެނދުނު 10:00ން 18:00އަށް  ތެލެސީމިއާ ސެންޓަރަށް ގޮސް ލޭ ހަދިޔާ ކުރެވޭނެ ކަމަށް، އެ ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ.

މިއީ މާސީން އިސްނަގައިގެން ކުރިއަށް ގެންދާ، ލޭ ހަދިޔާ ކުރުމުގެ ފުރަތަމަ ކެމްޕޭނެވެ. އަދި ވީހާވެސް ގިނަބަޔަކު މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާ ކުރާނެ ކަމަށް މާސީން އުންމީދުކުރެއެވެ.

ކޯވީޑް-19ގެ ހާލަތު ކުރިމަތިވުމާ އެކު ތެލެސީމިއާ ސެންޓަރަށް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް