ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރަކަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ހޮވަން ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ތާއިދުކޮށްފި އެވެ.
ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ދަގަނޑޭއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާފައި އެވެ. އެ ޓުވީޓުގައި ވިދާޅުވެފައިވަނީ މާލޭ މޭޔާރަށް އޭނާ ހޮވަން ދަގަނޑޭ ތާއީދުކޮށްފައިވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ގައުމު އެބޭފުޅަކަށްޓަކައި ފަހުރުވެރިވާ، ދެވަނައެއް ނުވާ އަޝްފާގު އޭނާއަށް ތާއީދު ކުރައްވާ ކަމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޑރ. މުއިއްޒު ރަސްމީކޮށް ކެމްޕޭން ކުރައްވަން ފެއްޓެވީ ފެބްރުއަރީ މަހުގެ ކުރީކޮޅުގަ އެވެ. އޭނާގެ ކެމްޕޭން ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.
https://twitter.com/MMuizzu/status/1378033989869428738
ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް މުއިއްޒާއި ވާދަ ކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއް ސައްތާރު އަދި އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީ އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް