މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭން ފަށައިފި

މާލެ ސަރަހައްދުގައި ކޯވިޑް-19 ދިފާއު ވެކްސިން ކެމްޕެއިންގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން ފަށައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު އަދ...

03 Apr 2021 | 09:05

މާލެ ސަރަހައްދުގައި ކޯވިޑް-19 ދިފާއު ވެކްސިން ކެމްޕެއިންގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު އަދި ދެމުން ދަނީ މިދިޔަ ފެބްރުއަރީ 1-4 އަށް ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ކަމަށެވެ.

ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ކޯވިޑް-19 ވެކްސިން ކާޑާއި އައިޑީކާޑު/ ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގެންދަން ޖެހޭނެ އެވެ.

މާލޭގެ ފަސް ސެންޓަރެއްގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ދިނުން ކުރިޔަށް ދާނެ އެވެ. އެއީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ސޯޝަލް ސެންޓަރު، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ފްލޫ ކްލިނިކް އަދި ނެޝަނަލް އާޓް ގެލަރީ އެވެ.

ވެކްސިން ޖެހުން ކުރިޔަށް ގެންދާނީ ހެނދުނު 10:00 ން މެންދުރު ފަހު 3:00 އަށެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު މާލެ ސަރަހައްދުގައި ދެމުންދާނީ ދެ ވެކްސިން ސެންޓަރެއްގައި ކަމަށެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުގައި އެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ވެކްސިން ދީފައިވަނީ 241،127 މީހުންނަށެވެ.

އޭގެ ތެރެއިން 132،044 މީހުންނަށް ވެކްސިން ދިނީ މާލެ ސަރަހައްދުގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 109،083 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް