އައްޑޫ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމިކޮށް ފަށައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއު ރަސްމީ...

03 Apr 2021 | 08:51

އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމިކޮށް ފަށައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ.

އެ ކުންފުނިން ބުނީ މަޝްރޫއު ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒް އަލީ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 1،848 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރު ކުރާނެ އެވެ. އަދި ބެޑް ތައްޔާރު ކުރުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 5.80 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް