ސަރުކާރު ބަންދުގައި ވިސާގެ މުއްދަތު ހަމަވާ ބިދޭސީން ޖޫރިމަނާ ދައްކާކަށް ނުޖެހޭނެ

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ވިސާގެ މުއްދަތު ހަމަވާ ބިދޭސީން ޖޫރިމަނާ ފީ ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19ގެ ތަރ...

03 Apr 2020 | 16:54

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ވިސާގެ މުއްދަތު ހަމަވާ ބިދޭސީން ޖޫރިމަނާ ފީ ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިމިގްރޭޝަނުން ނިންމާފައިވަނީ ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ސަރުކާރު ހުޅުވުމުން ވިސާ އާކޮށްދިނުމުގެ ހިދުމަތް ދޭށެވެ. އަދި ޖޫރިމަނާ އަކައި ނުލާ10 ދުވަސް ތެރޭގައި އިމިގްރޭޝަން އޮފީހުން ވިސާ އާކޮށްދޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޯވިޑް-19 އާންމުންގެ ތެރޭގައި ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު ބަންދު ކުރާތާ މިއީ ތިން ވަނަ ހަފްތާއެވެ. އަންނަ ހަފްތާ ވެސް ވަނީ ސަރުކާރު ބަންދުކޮށްފައި އެވެ.

ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު5:00 ރޭގަނޑު8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގަމުންދެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް19 މީހަކު ޕޮސިޓިވްވެފައިވާއިރު13 މީހަކު ބަލިން ވަނީ ރަނގަޅުވެފައި އެވެ.

ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް