ކޯވިޑް-19: މައްކާ އަދި މަދީނާގައި ކާފިއު 24 ގަޑިއިރަށް

ކޮރޯނާ ވައިރަހާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު ސައޫދީ އަރަބިއްޔާގައި މި ވައިރަސް ކޮންޓްރޯލް ކުރުމަށް އިއުލާނުކޮށްފައިވާ ކާފިއު މައްކާ މަދީނާގައި 24 ގަޑިއިރަށް ހިންގަން ނިންމައިފިއެވ...

03 Apr 2020 | 08:30

ކޮރޯނާ ވައިރަހާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު ސައޫދީ އަރަބިއްޔާގައި މި ވައިރަސް ކޮންޓްރޯލް ކުރުމަށް އިއުލާނުކޮށްފައިވާ ކާފިއު މައްކާ މަދީނާގައި 24 ގަޑިއިރަށް ހިންގަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރެއިން ފެށިގެންނެވެ.

މައްކާ އަދި މަދީނާގެ ކާފިއުގެ ވަގުތު 24 ގަޑިއިރަށް އިތުރުކޮށްފައިވީނަމަވެސް ޒަރޫރީ ތަކެތި ގަންނަން އެ ބަޔަކު އުޅޭ ސަރަހައްދެއްގެ ފިހާރަ، މާރުކޭޓުތަކަށް ދެވޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް ކާފިއުގެ ވަގުތުގައި އެއް ސިޓީން އަނެއް ސިޓީއަށް ނުދެވޭނެއެވެ.

ސައޫދީ އަރަބިއްޔާގައި މިހާތަނަށް 1800 އަށްވުރެ ގިނަ މީހަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. މަރުވެފައިވާ މީހުންގެ އަދަދު ސައޫދީގައި އުޅެނީ 21ގައެވެ.

މި ވައިރަސް ކޮންޓްރޯލް ކުރުމަށް ސައޫދީން މިހާތަނަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ކާފިއު ހިންގުމުގެ އިތުރުން މިސްކިތްތައް ބަންދުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް