ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޖެނެރަލް ސާރޖަރީ ޑިޕާޓްމެންޓުން ކޮލޮނޮސްކޮޕީ ޕްރޮސީޖަރ އަލުން ތަޢާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޖެނެރަލް ސާރޖަރީ ޑިޕާޓްމެންޓްގެ ފަރާތުން ކޮލޮނޮސްކޮޕީ ޕްރޮސީޖަރ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު  އޭޕްރިލް 1، 2020 ވީ  ބުދަ ދުވަހު އަލުން ތަޢާރަފްކޮށްފިއެވެ. މި ޕްރޮސީޖަރ ހިންގ...

02 Apr 2020 | 20:39

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޖެނެރަލް ސާރޖަރީ ޑިޕާޓްމެންޓްގެ ފަރާތުން ކޮލޮނޮސްކޮޕީ ޕްރޮސީޖަރ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު  އޭޕްރިލް 1، 2020 ވީ  ބުދަ ދުވަހު އަލުން ތަޢާރަފްކޮށްފިއެވެ.

މި ޕްރޮސީޖަރ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ކޮންސަލްޓަންޓް އޮންކޮސަރޖަން ޑރ. މުޙައްމަދު ޝިފާންއެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުނަރުވެރި އެނެސްތެޓިސްޓުންނާއި ނަރުހުންގެ ޓީމެއް ބައިވެރިވެފައިވެއެވެ.

ކޮލޮނޮސްކޮޕީއަކީ  މައިގަނޑު ގޮތެއްގައި ފަލަ ގޮހޮރުގައި އުފެދޭ ބަލިތައް ބެލުމަށްޓަކައި ކުރެވޭ ޓެސްޓެކެވެ. މި ވަސީލަތުގެ ޒަރިއްޔާއިން ޕޮލިޕްސް އަދި އާދަޔާ ޚިލާފަށް އުފެދޭ ޓިޝޫތައް ނެގުމާއި ޓިޝޫ ސާމްޕަލް ނުވަތަ ބައޮޕްސީ ނެގުމަށް މަގުފަހިކޮށްދެއެވެ. އެހެންކަމުން ކޮލޮނޮސްކޮޕީއަކީ ގޮހޮރުގެ ބަލިތަކާއި ފަލަ ގޮހޮރުގެ ކެންސަރުފަދަ ބަލިތަށް ދެނެގަނެ އެކަމަށް ފަރުވާދިނުމަށް އެހީވެދޭ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މި ޕްރޮސީޖަރ ހިންގުމަށް އާންމުގޮތެއްގައި ހަރަކާތްރެރިވާނީ ޖެނެރަލް ސަރޖަނުނަންނާއި އެނެސްތެޓިސްޓުން އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވާ ހުނަރުވެރި ނަރުހުންގެ ޓީމެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖްރިބާކާރު ޖެނެރަލް ސަރޖަނުންގެ ޓީމަކީ އެންމެ ޒަމާނީ އާލާތްތަކުގެ އެހީގައި، ފެންވަރު މޮޅު ފަރުވާތައް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ޓީމެކެވެ.

މީހާގެ ސިއްޙަތު ރަނގަޅުވެފައި ކޮލޮން ކެންސަރުގެ ރިސްކެއް ނެތްކަމުގައިވީ ނަމަވެސް 50 އަހަރު ވުމާއެކު އަދި އެއަށް ފަހު ކޮންމެ 10 އަހަރަކުން ކޮލޮނޮސްކޮޕީ ޕްރޮސީޖަރ ހެދުމަކީ ޑޮކްޓަރުންގެ އިރުޝާދު ދެއްވާކަމެކެވެ. މިއީ ފަލަ ގޮހޮރުގެ ކެންސަރުގެ ރިސްކު ކުޑަކުރުމަށާއި އުފެދިދާނެ ކޮލޮނިކް ޕޮލިޕްސް ކެންސަރަށް ބަދަލުވުމުގެ ކުރިން ކޮލޮނޮސްކޮޕީގެ އެހީގައި ނެގުމަކީ ވަރަށް މުހިންމު ކަމަކަށްވާތީއެވެ.  ފަލަ ގޮހޮރުގެ ކެންސަރު އަދި ޕޮލިޕްސް ހުންނަ ބޭފުޅުން އާއިލާގެތެރޭގައި ހިމެނުމަކީ މި ބަލިތަށް އަމިއްލައަށް ޖެހުމުގެ ފުރުސަތު ބޮޑުވާކަމެކެވެ.  މިގޮތުން ސަމާލުވާންވީ ކަންތައްތަކުގެ ތެރޭގައި މި ފަދަ ބައްޔެއް އާއިލާގެ މީހަކަށް ޅައުމުރުގައި ދިމާވުން ހިމެނެއެވެ. މިފަދަ މީހުން އާއިލާގައި ހިމެނޭ ނަމަ އެ ބައްޔެއް ދިމާވި މީހެއްގެ އުމުރުގެ 10 އަހަރު ކުރިޔަށް ގުނައި އެ މުއްދަތުގައި މި ބަލިތަކަށް އާއިލާގެ އެހެން މީހުން ސްކްރީން ކުރުން ވަރަށް މުހިންމެވެ.

ފެމިލިއަލް އެޑެނޮމަޓޮސް ޕޮލިޕްސް އަދި ހެރެޑިޓަރީ ނޮން ޕޮލިޕްސަސް ކެންސަރ (ލިންޗް ސިންޑްރޯމް) ނުވަތަ އާއިލީ ގޮތުން ވާރުތަވާ މިފަދަ އެހެން ބައްޔެއް ހުންނަ މީހުންނަކީ ފަލަ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. މިފަދަ ޙާލަތްތަކުގައި އެ ކޭހަކާއިގުޅޭގޮތުން އަވަސް ގޮތެއްގައި ސްކްރީންކުރުމަށް  ޑޮކްޓަރުން ލަފާދެއްވަފާނެއެވެ.

ކޮލޮނޮސްކޮޕީ ސްކްރީނިންގެ ސަބަބުން ފަލަގޮހޮރުގެ ކެންސަރު އޭގެ އެންމެ ހަލުވި ސެޓޭޖްގައި ޕޮލިޕްސް ބޮޑުވެ ފެތުރުމުގެ ކުރިން ދެނެގަނެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ކޮލޮރެކްޓަލް ކެންސަރ އިތުރަށް ފެތުރުން ހުއްޓުވައި ފަރުވާ ދިނުމަށް ފަސޭހައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސަރޖަރީ ޑިޕާޓްމެންޓުންދަނީ ތަފާތު އެތަށް ބަލިތަކާއި ސަރޖަރީއެއް ހުރިހާ އުމުރުފުރައަށް އަމާޒުކުރެވިގެން ކުރިއަށްގެންދަމުންނެވެ.ކޮލޮނޮސްކޮޕީ ޕްރޮސީޖަރއާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް އަދި އެޕޮއިންޓްމެންޓް ހެއްދެވުމަށް 3351610 އާއި ގުޅުއްވާލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް