ކޯވިޑް-19 ވެކްސިން މިއަދު ޖެހީ 5759 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު މާލެއިން ވެކްސިން ދީފައިވަނީ 1967 މީހުންނަށެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 3792 މީހުންނަށެވެ.
މިއާއި އެކު ރާއްޖެއިން ކޯވިޑް-19 ވެކްސިން ދިން މީހުންގެ އަދަދު ވަނީ 129،424 އަށް އަރާފައި އެވެ.
އެއީ މާލެއިން 81،323 މީހުންނެވެ. އަތޮޅު ތެރޭގައި މިހާތަނަށް ވެކްސިން ދީފައިވަނ ީ48،101 މީހުންނަށެވެ.
ރާއްޖޭގައި ކޯވިޑަށް ވެކްސިން ދޭން ފެށީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް