ވ. ކެޔޮދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން، 2587.40 ކިއުބިކް މީޓަރުގެ ސަބްބޭސް ސަރަޙައްދު އެކްސްކަވޭޓް ކުރާނެއެވެ.
މި މަސައްކަތުގެ ތެރޭގައި 16.77 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް މަސައްކަތް ކުރުމާއި، 25.76 ކިއުބިކް މީޓަރުގެ ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.
މި މަޝްރޫޢު ނިމޭއިރު 8103.00 އަކަ މީޓަރުގެ ސަރަޙައްދެއް ކޮމްޕެކްޓް ކުރުމާއި، ކާނު ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް