މަޝްހޫރު ފިލްމީ ތަރި ސުނީތާ އަލީގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ސުނީ ސްޕެޝަލް" އިން ކުޑަކުދިންނަށް ހާއްސަ ކާށި ތެލެއް ބާޒާރަށް ނެރެފި އެވެ.
ދިވެހިންގެ މެދުގައި ސުނީ މަޝްހޫރުވެފައިވަނީ މޮޅު އަދި ކުޅަދާނަ ނެށުން ތެރިއެއްގެ ގޮތުގައި އެވެ. އަދި އޭނާ އަކީ ބޮލީވުޑް/ ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ރާއްޖޭގެ އެއްވަނަ ސަޕޯޓަރެވެ.
މި މަސައްކަތުގެ އިތުރުން ސުނީ މީގެ ދެ އަހަރެއް ހާ ދުވަސް ކުރިން ވަނީ ކާށި ތެޔޮ ބާޒާރަށް ނެރެ ވިއްކަން ފަށާފައި އެވެ. އޭރު ބުނީ އެ ތެލަކީ އޭނާގެ މަންމަގެ ބުރަ މަސައްކަތް ކަމަށެވެ.
މިފަހަރު ސުނީގެ މަންމަގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވަނީ ކުޑަކުދިންނަށް ހާއްސަ ކާށި ތެލެކެވެ. ސުނީ ބުނީ މަންމަ ތެޔޮ ތައްޔާރު ކުރުމުން މާލެ ގެނެސް މާކެޓްކޮށް ވިއްކަނީ އޭނާ ކަމަށެވެ.
މި ތެޔޮ ތައްޔާރު ކުރަނީ ސުނީގެ މަންމަ އއ. އުކުޅަހުގައި އެވެ. މިއީ 100 ޕަސެންޓު ދިވެހި އުފެއްދުމެއް ކަމަށް ސުނީ ބުންޏެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު ކާށިތެލުގެ އަގަކީ 65 ރުފިޔާ އެވެ. "ސުނީ ސްޕެޝަލް" ކާށިތެލަކީ އެއްވެސް ކަހަލަ މެޝިނެއް ބޭނުން ނުކޮށް ތައްޔާރުކުރާ ކާށި ތެލެކެވެ.
https://twitter.com/sunee7777/status/1366233557757140994
ސުނީގެ މަންމަގެ ބުރަ މަސައްކަތް ބާޒާރަށް ނެރެދީ ވިއްކައި ދިނުމުގެ މަސައްކަތް ފުރަތަމަ ފެށީ 2018 ވަނަ އަހަރު އެވެ. "ސުނީ ސްޕެޝަން" ގެ އުފެއްދުންތައް މާލެ ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދެ އެވެ.
ސުނީ ބުނީ އޭނާގެ ވިޔަފާރި ވަރަށް ކާމިޔާބު ކަމަށެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މިފަދަ ކޮންމެ ބުރަ މަސައްކަތަކަށް "ދުވަސް" ގެ ޓީމުން އެދެނީ ކާމިޔާބާއި ކުރިއެރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް