ހަޖަމު ކުރަން ފަޅޯ ކަމާ!

ސިއްހަތަށް ފައިދާ ހުރި މޭވާ އާއި ތަރުކާރީ ކެއުމަކީ ދިވެހިންނާ ވަރަށް ބީރައްޓެހި އާދައެކެވެ. އެކަމުގެ އެއް ސަބަބަކަށް ވެފައި އޮންނަނީ، ފައިދާ ހުރި މޭވާ އާއި ތަރުކާރީ އިންތިހާއަށް އަގުބޮޑުވުމެވެ. ނަމަވެ...

03 Mar 2021 | 09:12

ސިއްހަތަށް ފައިދާ ހުރި މޭވާ އާއި ތަރުކާރީ ކެއުމަކީ ދިވެހިންނާ ވަރަށް ބީރައްޓެހި އާދައެކެވެ. އެކަމުގެ އެއް ސަބަބަކަށް ވެފައި އޮންނަނީ، ފައިދާ ހުރި މޭވާ އާއި ތަރުކާރީ އިންތިހާއަށް އަގުބޮޑުވުމެވެ.

ނަމަވެސް ރާއްޖޭގެ ބިންތައް ހުންނަ ގޮތަށް ބަލާއިރު، ބައެއް ކަހަލަ ގަސްގަހަކީ ވަރަށް ފަސޭހައިން ހެއްދޭނެ އެއްޗެއްސެވެ. އޭގެ ސަބަބުން ހަރަދު ކުޑަކޮށް، ހަށިގަނޑަށް ފައިދާ ހުރި ކާނާ ލިބެއެވެ.

އެގޮތުން ފަޅޮލަކީ، ރާއްޖޭގައި އަމިއްލައަށް ހައްދައިގެން ކެވޭނެ ފައިދާ ހުރި މޭވާއެކެވެ. ފަޅޮލުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއް ފައިދާ އަކީ ހަޖަމު ކުރުމުގެ ނިޒާމަށް ލިބޭ ފައިދާއެވެ. ހާއްސަގޮތެއްގައި ނިއުޓްރިއެންޓްސް ހަޖަމު ކުރުމަށް ފަޅޮލުގެ ސަބަބުން އެހީވެރިވެދެއެވެ. އަދި ޖުމުލަކޮށް، ކާ ތަކެތި ހަޖަމު ކުރުމަށް މަގުފަހިކޮށްދެއެވެ.

ހަޖަމު ކުރުމުގެ ނިޒާމަށް ލިބޭ ފައިދާގެ އިތުރުން، ފަޅޮލަކީ އޭގައި ފެންކަމެއް ހުންނަ، ކާލަން މީރު މޭވާއެކެވެ. ހުހަށް ކެއުމާއި ހުނދުނުގެ ނާސްތާގައި ފަޅޯ ހިމަނާލުމުން، ނާސްތާ ތައްޔާރުކުރަން ވެސް ފަސޭހަ ވެގެން ދެއެވެ.

ފަޅޮލަކީ 'ސްމޫތީ' ތައްޔާރު ކޮށްލުމަށާއި، އެހެން މޭވާއާއި އެކުގައި ކެއުމަށް ވެސް މީރު އެއްޗެެކެވެ. މަފިން އާއި 'ޕަޕާޔާ ބްރެޑް' ތައްޔާރުކޮށްލުމަށް ވެސް ފަޅޯ ވަރެއް ނެތެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުމާއި ޒުވާންކަންމަތިގައި ހުރުމަށް ވެސް ފަޅޮލުން އެހީވެދެއެވެ. ސަބަބަކީ ފަޅޮލުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން އޭ ހިމެނޭތީއެވެ. މީގެ އިތުރުން ވެސް ފަޅޯ ފަދަ މޭވާ ކެއުމަކީ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް