ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މަރުވީ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ހެނދުނު 6:00 ގައި އެވެ.
އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗުގައި އެވެ. އެޗްޕީއޭއިން ބުނީ އެމީހާ އައިޖީއެމްއެޗު އެމަޖެންސީއަށް ގެންދިޔައީ ފަތިހު 5:30 ހާއިރު ހަރަކާތް ކުރުން ހުއްޓާލާފައިވާތީ އެވެ.
މިއާ އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 63 އަށް އަރާފައި އެވެ. އަދި މިމަހުގެ ފުރަތަމަ މަރެވެ.
މިހާތަނަށް އެންމެ ގިނަ މީހުން މަހެއްގެ ތެރޭގައި ކޯވިޑް ޖެހިގެން މަރުވީ މިދިޔަ މަހު އެވެ. މިދިޔަ މަހު ރާއްޖެއިން ކޯވިޑް ޖެހިގެން 10 މީހުން މަރުވެފައިވެ އެވެ.
އަދި މިއަހަރުގެ މިހާތަނަށް 15 މީހުން ކޯވިޑް-19 ޖެހިގެން މަރުވެފަ ވެ އެވެ.
އެޗްޕީއޭއިން ވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އާންމުންނަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް