ބޮލުން އިސްތަށި ފައިބާ، އިސްތަށިގަނޑު ތުނިވޭ ހެއްޔެވެ؟ އެހެންކަމަށް ވާ ނަމަ، ތިބާގެ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވިސްނާލާށެވެ. އިސްތަޑިގަނޑު ތުނިވާން ދިމާވަނީ އަމިއްލައަށް ކުރެވޭ ކަމަކުން ކަމަށް ވެދާނެއެވެ.
ހެނދުނު ގަޑީގެ ނާސްތާ ގަވާއިދުން ނެގުމަކީ އޭގެ ފައިދާ އިސްތަށިގަނޑަށްވެސް ކުރާނެ ކަމެކެވެ. އެގޮތުން ގަވާއިދުން ހެނދުނުގެ ނާސްތާ ނުނަގާ ނަމަ، ހަށިގަނޑަށް ބޭނުންވާ ކެލޮރީސް އުފައްދައެއް ނުދެއެވެ. ބައެއް ކަހަލަ ޑައެޓް ނެގުމަކީ ހޯމޯންއަށް އައަރު ކުރާ ކަމެކެވެ. އެހެންކަމުން ޕްރޮޓީން އަދި ފެޓްސް ހިމެނޭ ޑައިޓެއް ނަގާށެވެ. އިސްތަށިގަނޑަށް ޕްރޮޓީން ވަރަށް މުހިންމުވާނެއެވެ.
މާ ގިނައިރު އަވީގައި އުޅެން ހެއްޔެވ؟ އެހެންކަމަށް ވާ ނަމަ އިސްތަށިގަނޑު ތުނިވުމުގެ ފުރުސަތު އޮވެއެވެ. އަވީގައި ހުންނަ ޔޫވީ ރޭޑިއޭޝަން ބޮލުގެ އިސްތަށިގަނޑަށް އަސަރު ކުރުވައެވެ. އެހެންކަމުން އިސްތަށި ފޭބުމާއި، އިސްތަށިގަނޑު ތުނި ވާ ނަމަ، އަވީގައި ގިނައިރު އުޅޭއިރު ވިސްނާށެވެ.
އިސްތަށިގަނޑު ނުހިކެނީސް ތެތްކަން މަތީގައި ފުނާ އަޅާނަމަ، ބައެއް ފަހަރު އިސްތަށިގަނޑު ތުނިވާން ދިމާވެއެވެ. އެހެންކަމުން ފުނާ އެޅުމުގެ ކުރީގައި އިސްތަށިގަނޑު ރަނގަޅަށް ހިއްކާލާށެވެެ.
އަބަދު ބޯ ހާވައި، ބޯ ކަހާނަމަ އިސްތަށި ބައިވާ، އިސްތަށިގަނޑު ތުނިވާން ދިމާވެއެވެ. އެހެންކަމުން ބޯ ކަހާ ހިރުވާ ނަމަ، އެކަމަށް ފަރުވާ ކުރަން މަސައްކަތް ކުރާށެވެ. ބޯ ނުކަހާށެވެ.
ދޭތެރެ އަކުން އިސްތަށިގަނޑުގެ ކޮޅުގައި ހުންނަ އިސްތަށިތައް ބުރިކުރުމަކީވެސް އިސްތަށިގަނޑު ތުނި ވިޔަ ނުދީ ބެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑު ރަނގަޅު 'ސިއްހަތެއްގައި' ބަހައްޓައިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް