ޑީއެންއޭ މިރޭ އިފްތިތާހު ކުރަނީ

ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ހަރަކާތްކަމަށްވާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ އިފްތިތާހީ ޖަލްސާ މިރޭ ބާއްވާނެއެވެ. މި ހަރަކާތުގައި ރާއްޖޭގެ ސިޔާސީ ދާއިރާ...

03 Mar 2021 | 06:33

ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ހަރަކާތްކަމަށްވާ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ އިފްތިތާހީ ޖަލްސާ މިރޭ ބާއްވާނެއެވެ.

މި ހަރަކާތުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންވެސް ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ހިމެނެއެވެ.

މީގެ އިތުރުން، ހެޕީމާކެޓް ކުންފުނީގެ ސީއީއޯ ކެޕްޓަން (ރިޓަޔަޑް) ޢަލީ އިޙުސާން ވެސް ހިމެނިވަޑައިގަންނަވާކަމަށް ބައެއް މީޑިޔާއަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޑީއެންއޭ ގެ އިފްތިތާހީ ޖަލްސާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުގައެވެ. ޑީއެންއޭގެ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމް ޕޭޖްތަކުންވެސް މި ޖަލްސާ ފެނިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް