"ހިއްސާ" ދޯނި: ވާދޫ ކަނޑަށް އިންޖީން ހުއްޓުނު މިއަދުގެ ދެވަނަ ހާދިސާ

"ހިއްސާ" ނަމަކަށް ކިޔާ ދޯންޏެއް ކ. ވާދޫ ކަނޑުން އިންޖީން ހުއްޓިއްޖެއެވެ. އެމްއެންޑީއެފް އިން މައުލޫތު ދޭ ގޮތުގައި 6 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ދޯންޏަކީ ކ. ގުރައިދޫ އިން ފުރައިގެން މާލެ ދަތުރު...

03 Mar 2021 | 05:27

"ހިއްސާ" ނަމަކަށް ކިޔާ ދޯންޏެއް ކ. ވާދޫ ކަނޑުން އިންޖީން ހުއްޓިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫތު ދޭ ގޮތުގައި 6 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ދޯންޏަކީ ކ. ގުރައިދޫ އިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.

65 ފޫޓްގެ މި ދޯންޏަކީ ފެރީ ދޯންޏެއްކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން މިހާރު ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ09:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ދޯނި ކައިރީގައި އެމްއެންޑީއެފް ލޯންޗް ހަރަކާތްތެރި ވަމުން ދާއިރު، ކަފު ޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް