މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2.34 ރުފިޔާ ބަހަން އުރީދޫއިން ފާސްކޮށްފި

ރޭ ކުރިއަށް ދިޔަ އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2.34ރ. ބަހަން ފާސްކޮށްފި އެވެ. ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅ...

03 Mar 2021 | 04:38

ރޭ ކުރިއަށް ދިޔަ އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2.34ރ. ބަހަން ފާސްކޮށްފި އެވެ. ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފައިދާ އަށް ރިއާޔަތް ކޮށެވެ. އެގޮތުން މިދިޔަ އަހަރު ފާއިދާގެ ގޮތުގައި އުރީދޫއަށް 407 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި ޖަލްސީ ކުރިއަށް ގެންގޮސްފައި ވަނީ  މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" މެދުވެރިކޮށް އޮންލައިން ކޮށެވެ. މި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި ހުރިހާ ހިއްސާދާރުން މި އަދަދު ފާސް ކުރުމަށް ވޯޓު ދިނެވެ. މި ޖަލްސާގައި ޕްރޮކްސީއާއެކު އުރީދޫގެ 44 ހިއްސާދާރަކު ބައިވެރިވިއިރު ވޯޓު ދީފައިވަނީ 34 މީހެކެވެ. އުރީދޫގެ ބޯޑުން  ފައިދާގެ 85 އިންސައްތަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރަށް ބަލާއިރު ދަށް އަދަދެއް ނޫން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވި އެވެ.

ވޯޓާ ހައުސް ކޫޕާސް އޮޑިޓަރުންގެ ގޮތުގައި އުރީދޫ ބޯޑުން ކަނޑައެޅިއިރު، އެ ކުންފުނީގެ އުޖޫރައެއްގެ ގޮތުގައި ފާސްކޮށްފައި ވަނީ 59،600 ޑޮލަރެވެ. މިއީ މި ކުންފުނި އުރީދޫގެ އޮޑަރެއްގެ ގޮތުގައި ހަމަޖެއްސި ދެވަނަ އަހަރެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން 90 އިންސައްތަ ހިއްސާ އަކީ ވަތަނިޔާ އިންޓަނޭޝަނަލް އެވެ. 5.64 އިންސައްތަ ހިއްސާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި އޮތްއިރު އާންމުންގެ ހިއްސާގެ އަދަދަކީ 3.86 އިންސައްތަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް