ވާދޫކަނޑަށް އިންޖީން ހުއްޓުނު ބޯޓަކަށް އެހީތެރިވެދިނުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގެ އިންޖީން ހުއްޓުނީ 'ސީ ވޯޓަރ ޕަމްޕް' ގައި މައްސަލަ ޖެހިގެންނެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ވާދޫ ކަނޑުން އިންޖީން ހުއްޓިފައި ވަނީ "މަތަންގީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
18 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ މި ދޯނީގެ އިންޖީން ހުއްޓިގެން ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 05:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާއާ ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތެރި ވާން ފަށާފައި ވާ މަކަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގައި ކަފު ޖަހައިގެން ތިލަފުށީ ބޮއުގައި އަޅައިފި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. ކޯސްޓްކާޑް ލޯންޗް ވެސް މި ބޯޓާއެކު ދަތުރުކުރިއެވެ.
ބޯޓުގައި ތިބި11 ދަތުރުވެރިން މިހާރު ވަނީ ކޯސްޓްގާޑް ލޯންޗްގައި މާލެ ގެނެސްފއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް