ކާރަކާ ބައިސްކަލެއް އެކްސިޑެންޓުވެ، އެ ކާރުން ޖެހި ފާރެއް ވެއްޓިއްޖެ

އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ބައިސްކަލެއް ޖެހި އެކްސިޑެންޓްވި ހާދިސާއެއްގައި ކާރު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހި ފާރު ވެއްޓިއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑ...

03 Mar 2020 | 10:01

އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ބައިސްކަލެއް ޖެހި އެކްސިޑެންޓްވި ހާދިސާއެއްގައި ކާރު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހި ފާރު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދުގެ ހެނދުނު 10:45 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ބައިސްކަލު ދުއްވަން އިނީ ދިވެހި އަންހެނެކެވެ. އަދި ކާރު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށް ވެސް މައުލޫމާތު ދެއެވެ. އެ ކާރަކީ އެ ރަށުގައި ޓެކްސީ ކުރާ ކާރެކެވެ.

މި ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައި ވުމުގެ ސަބަބުން އައްޑޫ އިކުއަރޓޯރިއަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އަންނަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް