ދ. ކުޑަވަހުދޫ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމަށް އާކާ އިނަވެސްޓްމެންޓް އާ ހަވާލުކޮށްފިއެވެ.
މިއަދު ޔޫތު މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހްމަދު މަހްލޫފް އަދި އާކާ އިންވެސްޓްމެންޓްގެ ފަރާތުން އެ ކުންފުނީގެ އެމްޑީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ ހަރަދުވެއެވެ.އަދި މި އެއްބަސްވުމުގައި ވާ ގޮތުން މޯބަލައިޒޭޝަން މުއްދަތާ އެއްކޮށް 45 ދުވަސް ތެރޭ ސަބްބޭސް އަޅާ ނިންމަންޖެހެއެވެ.
މަހުލޫފު ވިދާޅުވީ ސަބްބޭސް އަޅާ ނިމުނުހާ އަވަހަށް ޓާފްގެ މަސައްކަތް ތައް ފެށިގެން ދާނެ ކަމަށެވެ.
ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުޅު ތަކާއި އެއްގޮތަށް ގިނަ ރަށް ތަކެއްގައި ބޮޑެތި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތައް މިހާރުވެސް ކުރިއަށް އެބަދެއެވެ.
މިނިސްޓަރ މަހުލޫފު ވިދާޅުވަނީ ނިމިފައިވާ ދަނޑުތަކުގައި ކާޕެޓް އެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން ދާއިރު މި ފަސް އަހަރުގެ އަމާޒަކީ ރާއްޖޭގައި ފީފާ އެޕްރޫވަލް 100 ދަނޑު ވަކި ވަކި ރަށްރަށުގައި އެޅުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް