ށ. ކޮމަންޑޫގައި އަޅާ އާ އިންޖީނުގޭގެ މަސައްކަތް ފެނަކައިން އަންލިމިޓެޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތަކީ މީހުން ދިރިއުޅޭ ހިސާބާއި ދުރަށް އިންޖީނުގެތައް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ދާ ކަމެކެވެ.
އެގޮތުން މި މަޝްރޫއު އަށް 7.8 މިލިއަން ރުފިޔާ ހަރަދު ވާއިރު މި މަސައްކަތުގެ ދަށުން އިންޖީނު ބަހައްޓާ އިމާރާތެއް ހެދުމާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތަކާއި، ފިއުލް ސްޓޯރޭޖް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މަސައްކަތް ތައް ހަވާލުކުރުގެ ގޮތުން ފެނަކައިގެ ފަރާތުން މޭނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އަދި އަންލިމިޓެޑް ހޯލްޑިންގްސްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ޝިމާލް އެއްބަސްވުމުގައި ސޮއިކުރައްވާފައި ވެއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް އަންނަ އަހަރުގެ ފެބްރުއަރީމަހު ނިންމާނެކަމަށް ފެނަކައިން ވަނީ ބުނެފައި އެވެ.
ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ފެނަކައިންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް