ސިފައިންގެއަށް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުން ހޯދަނީ

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްއެންޑީއެފުން މިއަދު ބުނީ ސިފައިންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުރުމުން18 އަހަރާއި25 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެ...

03 Mar 2020 | 06:43

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ސިފައިންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުރުމުން18 އަހަރާއި25 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުމެވެ.

އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ސިފައިންގެ ވަޒީފާއަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅުގައި ފިރިހެނެއް ނަމަ ފަސް ފޫޓް ފަސް އިންޗި، އަންހެނެއް ނަމަ ފަސް ފޫޓް ތިން އިންޗި ހުންނަން ޖެހެ އެވެ.

މިފަހަރުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އުމުރުފުރާ ބަލާ ތާރީހަކީ25 މާޗް2020 ކަމަށް އެމްއެންޑީއެފުން ނެރެފައިވާ އިއުލާނުގައި ބުނެފަ އެވެ.

ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯސްޓް، ޅ.ނައިފަރު ފަޔާ ސްޓޭޝަން، ށ.ފުނަދޫ ކައުންސިލް އިދާރާއިންނެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓާޒް ލ.ކައްދޫ، ދ.ކުޑަހުވަދޫ ޕޯސްޓް، ތ.އަތޮޅު ކައުންސިލް އިދާރާ އާއި ފ.އަތޮޅު ކައުންސިލް އިދާރާއިންނެވެ. މީގެ އިތުރުން އެމްއެންޑީއެފް މުލީ ޕޯސްޓު، ފުވައްމުލަކު ޕޯސްޓާއި އައްޑޫ ސިޓީ ހިތަދޫ ފަޔާ ސްޓޭޝަން އަދި ގދ. ތިނަދޫ ފަޔާ ސްޓޭޝަނުންނެވެ.

ފޯމު ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މިމަހުގެ22 ވަނަ ދުވަހު އެވެ. ފޯމް ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ދާން ބޭނުންވާ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފްގެ މަރުކަޒަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް