ދިވެހި ބަހުގެ ސިޔާސަތެއް އެކުލަވާލައި، އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ދިވެހި ބަހަށް ދޭ ސަމާލުކަން އިތުރުކޮށް ބަސް ދެމެހެއްޓުމަށްޓަކައި ބަހުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށް ޑްރާފްޓެއް ތައްޔާރުކޮށް އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ދިވެހި ބަހުގެ އެކެޑަމީން ހުޅުވާ...

03 Mar 2020 | 06:41

ދިވެހި ބަހަށް ދޭ ސަމާލުކަން އިތުރުކޮށް ބަސް ދެމެހެއްޓުމަށްޓަކައި ބަހުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށް ޑްރާފްޓެއް ތައްޔާރުކޮށް އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ދިވެހި ބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

މި ސިޔާސަތައް އިސްލާހު ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބަހުގެ އެކަޑަމީން އެކުލަވާލާފައިވާ ޑްރާފްޓުގައި ބުނެފައިވާ ގޮތުގައި ބަސް ކުރިއަރުވައި ހިމާޔަތްކޮށް ދެމެހެއްޓުމުގައި ތަފާތު އެކި ހުރަސްތައް ކުރިމަތިވަމުން ދާ ކަމަށެވެ. އަދި މި މައްސަލތައް ހުރަސްކޮށް ބަސް ދިރުވާ އާލާކޮށް ޒުވާނުންގެ ހިތުގައި ބަހަށް ލޯބި ޖެއްސުމަކީ ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މި ސިޔާސަތުގައި މައިގަނޑު 11 ބައެއް ހިމަނާފައިވެ އެވެ. މި ސިޔާސިތުގައި އެންމެ އިސް ކަމެއް ގޮތުން ފާހަގަ ކޮށްފައި ވަނީ ބަސް ދެމެހެއްޓުމުގައި ސަރުކާރުން ކުރާނެ މަސައްކަތްތަކެވެ. އެގޮތުން ބަހުގެ ހަމަތަކާއި އުސޫލުތަކަށް ރައީސް އޮފީހާއި ދައުލަތުގެ ވުޒާރާތްތަކާއި ކޮމިޝަންތަކުން، އިސް ކަން ދޭން ޖެހޭ މިންވަރު ފާހަގަކޮށްފައިވެ އެވެ.

މި ސިޔާސަތު އެކުލާވާ ލާފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް